English Edition
Dhivehi Edition
ފުވައްމުލައް ތަރައްގީގެ ޕްލޭނަށް މަޝްވަރާ ކުރުމުގެ ވޯކްޝޮޕް ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައްސިޓީގެ ތަރައްގީގެ ޕްލޭނާއި ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ޕްލޭން ފައިނަލް ކުރުމަށްޓަކައި ހާއްސަ ވޯކްޝޮޕެއް ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން ފައިނަލްކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު މީގެ ކުރިން ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ކްލަބް ހައުސްގައިވެސް ހާއްސަ މަޝްވަރާތަކެއް ބާއްވާފައެވެ. ތަރައްޤީގެ ޕްލޭން ހަދަން ފެށުމުގެ ކުރިން ރައްޔިތުންނާއެކު ކުރިއަށް ދިޔަ މި މަޝްވަރާގައި ލިބުނު ހިޔާލުތަކުގެ ތެރެއިން ކައުންސިލުން ވަނީ އެންމެ ރަގަޅު ހިޔާލުތައް ދިރާސާކޮށް، އެލްޖީއޭ އިން ފަންނީ ލަފާ ހޯދާފައެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން ފައިނަލްކުރުމަށްޓަކައި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ކަމާއި ގުޅޭ އެކި ދާއިރާތަކުގެ މީހުންގެ އިތުރުން އެލްޖީއޭގެ ހާއްސަ ޓީމެއް ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި އެލްޖީއޭގެ ކޮންސަލްޓެންޓެގެ ގޮތުގައި ސަލްމާ ފިކުރީ ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައެވެ،

މި ވޯކްޝޮޕްގައި ފުވައްމުލައް ސިޓީ ކައުންސިލުން މިހާރު އެކުލަވާލައިފައިވާ ޕްލޭނަށް އެކި ދާއިރާތަކުގެ މަސައްކަތްކުރާ ފާރާތްތަކުގެ ޚިޔާލާއި މަޝްވަރާވަނީ ހޯދާފައެވެ، މި ގޮތުން މި ވޯކްޝޮޕްގައި ފުވައްމުލައް ސިޓީގެ އިޖްތިމާއީ ދާއިރާ، ތައުލީމީ ދާއިރާ، ސިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާގެ އިތުރުން ފުލުހުންނާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ވަނީ ބައިވެރިވެފައެވެ،