English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ “ސިޓީ ބާޒާރު” ގެ ފިހާރަތައް ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ “ސިޓީ ބާޒާރު” ގެ ފިހާރަތަކުން ހުސްވެފައިވާ 08 ފިހާރަ އާއި ސިޓީ ބާޒާރުގެ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ 2 ފިހާރައާއި ރެސްޓޯރަންޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށާއި ރެސްޓޯރަންޓް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ، އިތުރަށް ކައުންސިލުން ބުނީ ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ލިބެން ހުންނާނެކަމަށެވެ.

މިކަމާއި ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 8 ނޮވެމްބަރ 2021 ހޯމަ ދުވަހުއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 15 ނޮވެމްބަރ 2021 ހޯމަ، 10:00އެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ.