English Edition
Dhivehi Edition

އީމް ނިޒާމް އެންޑް ގްރޭންޑް އިމްޕްރެސް އިން އިންތިޒާމުކޮށްގެން އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖުގައި މޭކަޕް ކުރަން ދަސްކޮށްދޭ 4 ދުވަހުގެ ކޯހެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

މި ކޯހުގައި މޭކަޕް ކުރުމާއި ހެއަރ އާޓް އާއި އަދި ސްކިން ކެއަރ ގެ އިތުރުން ސްކިން އެނަލިސިސް ގެ ބައިތައް ކުރިއަސް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ކޯސް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

4 އޮކްޓޯބަރުން ފެށިގެން 7 އޮކްޓޯބަރ ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 9696366 ނުވަތަ 9573126 މިނަމްބަރަށް ގުޅުމަށް އެފަރާތުން އެދެއެވެ.