English Edition
Dhivehi Edition

ކުޑަކުއްޖަކާއި، ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ،

ފުލުހުން ބުނީ ހޯދަމުންދާ ބިދޭސީ މީހާއަކީ ބަންގަލަދޭޝްގެ ރައްޔިތެއްކަމަށްވާ އިބްރާހިމް މުޙައްމަދު ކަމަށެވެ. މި މީހާ ހޯދަމުންދަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށްހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއެވެ.

އިތުރަށް ފުލުހުން ބުނީ މި މީހާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ. މި މީހާ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައިވަނި 2021 ނޮވެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށެވެ.

ޓެގު