English Edition
Dhivehi Edition
ޖަމްޝާދު (ވ) އަދި ޝާރިހު (ކ). -- ފޮޓޯ: ފޭސްބުކް

އދ.ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެ ރަށުގެ މީހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ދެ މީހުން ދޫކޮށްލައިފިއެވެ.

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރާލި މައްސަލައާއި ގުޅިގެން ރަށު ރައްޔިތުން ނުކުމެ ތޮއްޑޫއިން އެ ރަށަށް ދިޔަ ދެމީހުން ކަމުގައި އަލީ ޖަމްޝާދާ އި ޝާރިހު އަލީ ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި އެ ދެމީހުންނާ އެކު އުޅޭ ތޮއްޑޫ އަންހެނަކު ވެސް ފުލުހުންނާ ހަވާލު ކޮށްފައިވާއިރު އެމީހުން ދަނގެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު ފަހުން ގެންދިޔައީ އދ. މަހިބަދޫ އަށެވެ.

ފުލުހުން ފަހުން، އެމީހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު، މަހުމޫދޫގެ މަރުގެ މައްސަލައިގައި ބިދޭސީއަކުވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދެ މީހުން ދޫކޮށްލީ މަހްމޫދުގެ މަރާ ގުޅިގެން އެމީހުންގެ ބައިވެރިވުމެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.