English Edition
Dhivehi Edition
ގައްދޫ ގައި ކުރިޔަށް ގެންދާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ:ސާސްތުރަ ކޮމިއުނިޓީ

ގދ ގައްދޫ ކައުންސިލުން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައްދޫ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ އެންމެ ފަހުގެ ތާރީހަކީ 21 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 11:30 ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. ހަތަރު ތީމަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ކުރެހުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ގައްދޫގައި ހުންނަ ގދ. އަތޮޅު ސްކޫލުގައެވެ

މ މުބާރާތުގައި ކުރެހުމަށް ހަމަޖެހިފައިވާ ތީމްތަކަކީ:

  • ސޭވް ދަ ޓާޓަލްސް
  • ސޭވް އަވާ ބީޗް
  • ގައްދޫ ޓްރެޑިޝަނަލް ވޯކްސް
  • ފިއުޗަރ ޑިވެލޮޕްމަންޓް އޮފް ގައްދޫ

މި މުބާރާތުގެ އެއްވަނަ އަށްދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ތިން ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.