English Edition
Dhivehi Edition

ގއ ކޮނޑޭ ކައުންސިލާއި އެރަށު ސްކޫލުން އިންތިޒާމްކޮށްގެން ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

“ފަތަނަ ދަސްކެރަމާ” ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމަކީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮނޑޭ ސްކޫލުން 35 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ކޮނޑޭ އިރުމަތީ ފަރާތު މޫދު ސަރަޙައްދުގައި ކުރިއަށްދާ މި ޕްރޮގްރާމްގެ ސެޝަންތައް 4 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އއ. އުކުޅަހު ޑޭޒީމާގޭ، ނައުފަލް މޫސާ ( ލާން ޓް ސްވިމް ވިތް ނައުފަލް ) އެވެ.

ނައުފަލް އަކީ އެ ރަށުގެ އިތުރުން މުޅި ރާއްޖެވެސް ފަހުރެވެރިވާ ފެތުމުގެ ކޯޗެކެވެ. 2018ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމުވެސް ނައުފަލް ވަނީ ހާސިލްކޮފައެވެ.

“ފަތަނަ ދަސްކެރަމާ” މި ޕްރޮގްރާމަކީ ކުދިންނަށް އަމާޒްކޮށްގެން ކޮނޑޭ ސްކޫލުގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. އެގޮތުން މި ޕްރޮގްރާމް ކުރިޔަށް ދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

 

ޓެގު