English Edition
Dhivehi Edition
މުބާރާތުގެ ފައިނަލަށް ހޮވުނު ނަސްރުﷲ ގެ ފޮޓޯ.

ޑަބްލިއު.އެމް.އޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރ ފޮޓޯ މުބާރާތުގައި ދިވެއްސެކު ނަގާފައިވާ ފޮޓޯ އެއް ހިމެނިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަގާފައިވާ ގުދުރަތީ ރީތި އެތައް ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި 60 ފޮޓޯގެ ތެރޭގައި ހިމެނިފައިވަނީ ގދ.ތިނަދޫ އަހަރުގެ ނަސްރުﷲ އަހުމަދު(33އ) ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އަކީ 2019 ވަނަ އަހަރު ކ.ކާށިދޫގައި ނަގާފައިވާ ފޮޓޯއެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1127 ފޮޓޯ ހުށަހަޅާފައިވާއިރު މުބާރާތުގެ ފައިނަލަށް ފޮޓޯތައް ހޮވާފައިވަނީ، މޫސުމާއި ބެހޭ ތަޖުރިބާކާރުންނާއި، ފޮޓޯގްރާފަރުންނާއި އަދި މުވާސަލާތާއި ގުޅުން ހުރި ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޕެނަލްއަކުންނެވެ.

ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން ބާއްވާ މުބާރާތެއްގެ ޒަރިއްޔާއިން ހޮވާ ފޮޓޯތަކާއި އެކު ކަލަންޑަރެއް އެކުލަވާލާއިރު މިފަހަރު ދިިވެހިންނަށް މި ވަނީ ރާއްޖޭގެ ރީތިކަންވެސް އެ ކަލަންޑަރުގައި ހިމެނުމުގެ ފުރުސަތު ލިބިފައެވެ، ޑަބްލިއުއެމްއޯގެ ކަލަންޑަރގައި ހިމެނޭނީ އެންމެ ގިނަ ވޯޓު ލިބޭ ފޮޓޯތަކެވެ.

މި މުބާރާތުގެ ވޯޓުލުން 1 އޮކްޓޯބަރު 2021 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރގެ 31 އާއި ހަމައަށް ކުރިއަށް ދާއިރު މި ފޮޓޯ އަށް ލިބޭ ކޮންމެ ލައިކަކީ އެއް ވޯޓެވެ.