English Edition
Dhivehi Edition

މާލެ އުސްފަސްގަނޑު ސަރަހައްދަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ފިރިހެން މީހާ ފެނުނީ ވާދޫ ކަނޑުގައި ފަތަމުންދަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށާއި އޭނާ މާލެ ގެނެސް ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ އޮޔާދަނިކޮށް ސަލާމަތްކުރި އުމުރުން 48 އަހަރުގެ މީހަކު ހެނދުނު 8:30 ހާއިރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު އޭނާ އަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު މާލޭގެ ރަސްމީ ފާލަން ކައިރިން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވެސް ވައިގަދަވެގެން މޫދަށް ވެއްޓި ވަނީ ނިޔާވެފައެވެ،

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ހިތަމާވެރި ހާދިސާތައް ހިނގަމުން ދާ މި ދުވަސްވަރު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާޒުކޮށްފައެވެ.