English Edition
Dhivehi Edition

މާލޭ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:52 ހާއިރުކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާކަން އައިޖީއެމްއެޗުން 07:20ހާއިރު ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ މަސް ބާނަން ހުރި މީހާ މޫދަށް ވެއްޓުނީ ގަދަ ވަޔާއިއެކުގައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އޭނާ މޫދުން ނެގުމަށް ސިފައިން ވަނީ ސީޕީއާރު ވެސް ދީފައެވެ.

މި ދުވަސްކޮޅަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާޒުކޮށްފައެވެ.