English Edition
Dhivehi Edition

ގދ. ފިޔޯރީގެ މަގު ބައްތިތަކަށް ޒަމަނީ ފެންވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ގދ. ފިޔޯރީ ކައުންސިލުން އެ ރަށުގެ މަގުތަކުގައި ހަރުކޮށްފައި ހުރި އާދައިގެ މަގު ބައްތިތައް ޒަމާނީ ފެންވަރުގެ ލެޑް ލައިޓްތަކަށް ބަދަލުކޮށްފިއެވެ. އަލަށް ހަރުކުރި ލެޑް ލައިޓްތައް ހަރުކޮށްފައި ވަނީ ޓައިމަރު ހަރުކޮށް 12 ގަޑިއިރަށް ދިއްލިފައި ހުންނަ ގޮތަށެވެ.

މި މަސައްކަތާއި ހަވާލުވެ ހުރި އެރަށު ކައުންސިލުގެ މެންބަރު އަޙްމަދު ޒިހާން (ޒިހާން) އޭ.އޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން މަގުތަކުގައި ހަރުކޮށްފައި ހުރި އާދައިގެ ހޮޅިބުރިތައް 24 ގަޑިއިރަށް ދިއްލާފައި ހުންނަ ކަމަށާއި މި ގެނައި ބަދަލުގެ ސަބަބުން މަހެއްގެ މައްޗަށް 19،000 ރުފިޔާ ހަރަދުވި މަގު ބައްތިތަކުގެ ހަރަދު މިހާރު 6،000 ރުފިޔާއަށް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒިހާން ވިދާޅުވީ މިމަސައްކަތަކީ ރަށު ކައުންސިލް ބަޖެޓުން 40،000 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ. އެކައުންސިލްގެ އަމާޒަކީ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ރަށުތެރޭގެ އިތުރު މަގުތަކުގައި އިތުރު 100 ލައިޓް ހަރުކޮށް ރަށުތެރެ ދިއްލާ ޒީނަތްތެރިކޮށް ބެހެއްޓުމެވެ.

2 ކޮމެންޓް
Rayyithu meeha
އޮކްޓޯބަރު 19, 2021
Eyboo vaki baikenna gey kurimahthey jehy light eke
ފާއި
އޮކްޓޯބަރު 17, 2021
އެހެން ފަހޭޔަސް