English Edition
Dhivehi Edition

ރަފެލްސް މޯލްޑިވްސްގެ މުވައްޒަފެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ގއ. އަތޮޅުގެ ރިސޯޓެއް ކަމުގައިވާ ރަފެލްސް މޯލްޑިވްސް އިން މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރިސޯޓްގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެކެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 10:00 އެހާކަންހާއިރު ރަފެލްސް ގައި މަސައްކަތްކުރާ 42 އަހަރުގެ ބިދޭސީ ފިރިހެނަކު އެހޮސްޕިޓަލަށް ގެނެސްފައިވެއެވެ. އަދި އޭނާ އެހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެއީ އާދައިގެ މަރެއްކަމަށް މިހާތަނަށް ބެލިބެލުމުން ލަފާކުރެވެއެވެ.

މަރުވި މީހާގެ މަރު ތަހުގީގު ކުރުމަށް ފުލުހުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ރިސޯޓަށް ވެސް ފުލުހުންގެ ފޮރެންސިކް ޓީމުން ތަހުގީގަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.