English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ޕޮލިސް އާއި އަލަށް ޙަވާލުވެވަޑައިގެންނެވި ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރުކަމަށް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް އައްޔަންކޮށްފިއެވެ.

ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، ރިޟްވާން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓިގެ ކުށުގެ ވެށީގައި ހުރި އެކި މައްސަލަތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފުލުހުންގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މި ބަދަލުތަކާއެކު ކޮމިއުނީޓީ ފުލުހުންނާއި ސަރަހައްދީ ފުލުހުންގެ އިތުރުން ސިޓީއެއްގައި ސިޓީ ފުލުހުންގެ ހިދުމަތްވެސް ވަނީ ފެށީފައެވެ.

ފުލުހުންގެ ބިލަށް ގެނައި ބަދަލާއެކު ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ