English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ކޮއްކޮމެންގެ ބަސްދަސް ހޮލިޑޭ ކޭމްޕް’ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ކޭމްޕްއަކީ ބަހާއި އަދި ގައުމިއްޔަތު ކޭމްޕް 1 އަދި 2 ގެ ތަޖުރިބާއާއި އެކު ކުރިއަށް ގެންދާ މި ފަދަ ތިން ވަނަ ކޭމްޕެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގެ ބަސްދަސް ހ ގައި 7،6،5 އަހަރު ގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބަސްދަސް ށ ގައި 10،9،8 އަހަރުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ، މި ކޭމްޕުގައި ދަރިވަރުންނަށް ބަހަށާއި ގައުމަށް ލޯބި ޖެއްސުމާއި، ބަސްމޮށުންތެރިކަން ރަނގަޅު ކުރުމާއި ބަސްކޮށާރު މުއްސަނދިކުރުމުގެ އިތުރުން ފޮތްތެރިކަން އިތުރުކުރުމަށް ދަސްކޮށްދޭނެއެވެ. މީގެ އިތުރުން މި ކޭމްޕުގައި ބަސްބާޒީ، ނަން ބުނުން، އަތުލިޔުން، ބަނދިކިޔުން ފަދަ ގިނަ ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ،

މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފީ އާއި އެހެނިހެން މައުލޫމާތު ސާފުކުރުމަށް 9863939 ނުވަތަ 9753939 އަށް ގުޅުމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ.