English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކުށްކުރާ މީހުންގެ އަދަދު ގިނަ ކަން ފާހަގަކުރައްވަމުން ސިޕީ ހަމީދު ވިދާޅުވީ އައްޑޫ ސިޓީގައި ކުށްތަކަށް އަރައިގަންނަ 12 ވަރަކަށް ގުރޫޕު އުޅޭ ކަމަށެވެ. އަދި މި ގުރޫޕުތައް މެދުގައި މާރާމާރީތައް ހިނގާ މައްސަލައަކީ މިހާރު އައްޑޫގައި ބޮޑު މައްސަލައެއްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އައްޑޫގެ މަސްތުވާތަކެތީގެ މައްސަލައާއި ގޭގެ އަށް ވަދެ އަދި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލަވެސް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ އްޑޫއިން މަސްތުވާތަކެތި ބޭނުންކުރާ ގާތްގަނޑަކަށް 1540 މީހުން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އިތުރަށް ސިޕީ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކޮށް ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދު ކުރެވޭނީ ގާނޫނުން އެ މީހުންނަށް ދޭން ޖެހޭ އަދަބު ދެވިގެންކަމަށެވެ.

1 ކޮމެންޓް
ހަސަނުގ
އޮކްޓޯބަރު 10, 2021
ގޭންގުތަކަށް ފަންޑު ކުރަނީ މަޖިލިސް މެމްބަރުންނާ، ވެރިން. ދެން ކޮން ގާނޫނެކޭ ތިކިޔާނީ. ގާނޫނު އޮންނަނީ ނިކަމެތި މީހާއަށް އެކަނި. 1500 އެއީ ރަށެއްގެ އާބާދީއަށްވުރެ ބޮޑު އަދަދެއް. ލަދު ހަޔާތް ކޮބާ މިސަރުކާރޭ ކިޔާ ބައިގަނޑުގެ.