English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ސެޕްޓޮޕްލާސްޓީ ސާޖަރީއެއް ކޮށްފިއެވެ.

ސެޕްޓޮޕްލާސްޓީ ސާޖަރީއަކީ ނޭފަތުގެ ކަށިގަނޑާއި ކާޓިލޭޖް ގުޅޭ ހިސާބު (ނޭސަލް ސެޕްޓަމް) ކަތިކޮށް ހުރުމުގެ ސަބަބުން ކަތިވެފައިވާ ސެޕްޓަމް ރަނގަޅުކުރުމަށް އެހީވެދޭ ސާޖަރީއެކެވެ. ސެޕްޓޮޕްލާސްޓީ ސާޖަރީ ހަދާ އިރު ސެޕްޓަމްގެ ތަންކޮޅެއް ކަފާލައިގެން ކަތިވެފައިވާ ބައި ރަނގަޅުކުރެވެއެވެ.

No photo description available.

މިއަދު، އޭއީއެޗްގެ އީއެންޓީ ޓީމުން ކުރި ސެޕްޓޮޕްލާސްޓީ ސާޖަރީ ވަރަށް ކާމިޔާބުކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާއިރު ބަލިމީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުންވަނީ ބުނެފައެވެ.

އޭއީއެޗްގެ އީއެންޓީ ސާޖަން ޑޮކްޓަރު އައިޝަތު އާއި ޑޮކްޓަރު ދިޕެންދަރުގެ އިތުރުން މި ކާމިޔާބު އޮޕަރޭޝަން ކުރުމުގައި އެ ހޮސްޕިޓަލުގެ ބައެއް ނަރުހުންވެސް ވަނީ ބައިވެރިވެފައެވެ. އޭއީއެޗްއިން މި އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކޮށްފައިވާއިރު، މިއީ އެ ހޮސްޕިޓަލުގެ އީއެންޓީ ކެއާރ އަށް ލިބުނު ކުރިއެރުމެއްކަމުގައި ހޮސްޕިޓަލުން ވަނީ ބުނެފައެވެ،