English Edition
Dhivehi Edition
ފޮޓޯ:ޕީއެސްއެމް

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކޮށްފިއެވެ،

ފުވައްމުލައް ސިޓީގެ ހާފިޒު އަހްމަދު ސްކޫލާއި، ޏ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ފުވައްމުލައް ސްކޫލުގައިވެސް ވަނީ ދުވަހާއި ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން މި ދުވަހަށް ހާއްސަކޮށް އެސެމްބްލީއެއް ބޭއްވުމުގެ އިތުރުން ހިތް ރަމްޒުކޮށްދޭ ގޮތަށް ހާއްސަ ޕޮޓޯ ސެޝަނެއްވަނީ ބާއްވާފައެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މި ދުވަސް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ވޯލްޑް ހާޓް ފެޑެރޭޝަން، ޑަބްލިޔު.އެޗް.ޑީގެ އިސްނެގުމަކަށް 2000 ވަނަ އަހަރުން ފެށިގެންނެވެ. ވޯލްޑް ހާޓް ފެޑެރޭޝަނުން ހިތުގެ ދުވަހެއް ފާހަގަ ކުރަމުންދަނީ ހިތުގެ ތަފާތު ބަލިތަކުގައި ދުނިޔެއަށް ޢަލްވަދާޢު ކިޔަމުންދާ މީހުން ގިނަ ވަމުންދާތީ ހިތުގެ ބަލި ޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް އެކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.