English Edition
Dhivehi Edition

ޓީވީ އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝެހެނާޒް ގިލް (ސަނާ)ގެ ފިލްމު ‘ ހޯސްލާ ރަކް’ އޮކްޓޯބަރު 15 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކުމަށް ނިންމައިފިއެވެ.

“ބިގް ބޮސް 13” އިން ގިނަ ބައެއްގެ ލޯބި ހޯދި ޝެހެނާޒް ގެ ލޯބިވެރިޔާ ސިދާތުގެ ކުއްލި މަރާއެކު ބޮޑު ހިތާމައެއް ލިބިފައިވާ ޝެހެނާޒް ވަނީ މި ފިލްމުގެ ޝޫޓިންވެސް މެދުކަނޑާލާފައެވެ. އަދި އޭނަގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ވެސް ފަރުވާދޭން ޖެހުނު އިރު މި ފިލްމުގެ ޕްރޮޑިއުސަރުން ތިބީ ޝެހެނާޒް ހަމައަކަށް އެޅި ޝޫޓިން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މި ފިލްމުގެ ޝޫޓިން މެދުކެނޑިފައިވީނަމަވެސް ފިލްމުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާއިރު، މި ފިލްމުގެ ޓްރެއިލާވެސް ވަނީ ދައްކާލާފައެވެ.