English Edition
Dhivehi Edition

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލޭގެ ރައީސް ކަން، ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މި މަގާމަށްއިންތިޚާބު ވެފައި ވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ވާދަކުރައްވައިގެންނެވެ.

އެ ގޮނޑި ޝިފާ ކާމިޔާބް ކުރެއްވުމާ ގުޅިގެން އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުން ނާކާމިޔާބުވި ނަމަވެސް އޭނާއަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށާއި ވޯޓު ހޯދުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ އެ ޕާޓީ ވެރިކަމުގައި އޮންނަނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.