English Edition
Dhivehi Edition

މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ސައިކަލެއްގައި ދިޔަ ދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީގައި ދެ މާރާމާރީ އެއް ހިނގާފައިވާ އިރު އެދުވަހުގެ މެންދުރު ވަގުތު ހިތަދޫ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކުވަނީ ޒަޚަމް ކޮށްލާފައެވެ. މި މާރާމާރީއާ ގުޅިގެން ވެސް ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ދެވަނަ މާރާމާރީ އެ ރޭ ރޭގަނޑު ހިތަދޫ ބޮޑުމަގުގައި ހިނގާފައިވާއިރު މި ހަމަލާގައި އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކު ޒަހަމްވި އެވެ. އަނިޔާވި އަންހެން މީހާ އަކީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތްކުރާ ނަރުހެކެވެ. އަދި ސައިކަލު ދުއްވަން އިނީ އޭނާގެ ފިރިމީހާ އެވެ. މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އެރޭ 08:05 ހާއިރުއެވެ

އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދެ މާރާމާރީ ވެސް ގުޅެނީ ހިތަދޫގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާކަމަށް މައުލޫމާތު ލިބެއެެ.