އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވިފައިވާކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23އިން ފެށިގެން އުރީދޫއިން ތައާރަފުކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، މި ޕްރޮމޯޝަން ނިމޭއިރު 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ލިބޭނެއެވެ.
އުރީދޫން ވިދާޅުވީ، އިތުރު ފަސް ސައިކަލެއްގެ ނަސީބުވެރި ފަރާތް ހޮވަން އޮތްއިރު، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ބާކީ ހުރި ސައިކަލު ތަކުގެ ތެރޭގައި އެއަރބްލޭޑް 160، އެއަރބްލޭޑް 125 ގެ އިތުރން ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު – ޕީސީއެކްސް 160 ގެ އިތުރުން މުޅި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 2024 ރެބެލް 300ސައިކަލު ހިމެނެއެވެ.
މި ޕްރޮމޯޝަންގައި މިހާރު ކާމިޔާބު ކުރުމަށް ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި:
ސެޕްޓެމްބަރު 23ގައި އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، ކެމްޕެއިން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެއެވެ. މި ޕްރޮމޯޝަން ޑިސެމްބަރު 31އާ ހަމައަށް ކުރިއަށްދާއިރު، ބާކީ ހުރި 5 ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ވެސްމެއެވެ.