English Edition
Dhivehi Edition

އައްޑޫ ސިޓީގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގައި ފެށިގެން ދިޔަ މި ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، އެ ދާއިރާއެއްގެ ކައުންސިލް މެންބަރެވެ.

މަދިރި މަދުކުރުމަށް މިއަދު އިފްތިތާހްކުރެވިގެން ދިޔަ މި ޕްރޮގްރާމާއެކު ހަފްތާއަކު ދެ ދުވަހު ރަށުތެރެއަށް ފޮގްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ފޮގް ކުރުން ކުރިއަށް ދަނީ ކޮންމެ ހޮނިހިރު އަދި އަންގާރަ ދުވަހެއްގެ ހެނދުނު 5:30 ން ފެށިގެން 7:30 އަށެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު، އައްޑޫ ސިޓީގައި މަދިރި ކޮންޓްރޯލް ކުރުމަށް އިސްކަންދެއްވާނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލަށް، 2019 ވަނަ އަހަރުގެ ފަހުކޮޅު މަދިރި ދުންޖަހާ ސާމާނުތަކެއް ޕީޕީއެމްގް ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުވެސް ވަނީ ހަދިޔާކޮށްފައެވެ.މި ގޮތުން ޒާހިދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ފޮގް މެޝިނަކާއި އެއަށް އަޅާ ބޭސްތަކެއް ހިމެނެއެވެ.