English Edition
Dhivehi Edition

އެމް.ޑީ.ޕީގެ ޤައުމީ މަޖްލިސް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް މަޑަވެލި ދާއިރާގެ ރައީސްކަމަށް ވާދަކުރުމަށް އިއުލާންކޮށްފައިވާ މުއާޒު މުޙައްމަދު (މޯލާ) ރޭހުން ވަކިވިކަން އިއުލާން ކޮށްފިއެވެ.

މޯލާ އިއްޔެ ފޭސް ބުކް ސްޓޭޓަސްގައި ލިޔެފައިވާ ގޮތުން ހޯނޑެއްދޫ އެމް.ޑީ.ޕީގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި ހޯނޑެއްދޫގެ ޕާޓީގެ މަސްލަހަތު އިސްކޮށް ދާއިރާ އިންތިހާބުގެ ރޭހުން ވަކިވީކަމަށެވެ.
މޯލާ ރޭހުން ވަކިވުމަކީ ކުރީގެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިރާންއަށް މިއިންޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފެހި ސިގްނަލެކެވެ. ސަބަބަކީ ކުރިންއޮތްގޮތުން އެއް އާއިލާއެއްގެ ދެމީހުން އިންޚާބުގައި ވާދަކޮށްފިނަމަ ވޯޓް ބެހިގެންދާތީއެވެ. ނަމަވެސް މޯލާގެ ރޭހުން ވަކިވުމުން ވޯޓް ބެހުމުގެ ފުރުސަތު ކުޑަވާނެއެވެ. ސަބަބަކީ މޯލާ އާއި ޝިރާން އަކީ އެއް އާއިލާއަށް ނިސްބަތްވާ ދެމީހުންނަށް ވާތީއެވެ.

ދާއިރާ އިންތިޚާބްގައި މަޑަވެލި ދާއިރާއިން އެންމެ ގިނަ ވޯޓް ލެވެނީ ހޯނޑެއްދޫ އެމް.ޑީ.ޕީ މެންބަރުންނަށެވެ. ހޯނޑެއްދޫ އެމް.ޑީ.ޕީގެ ދާއިމީ ވޯޓް ލިސްޓްގައި 499 މެންބަރުން ތިބި އިރު ހޯނޑެއްދޫއިން އެކަނި 300 ވޯޓް ހޯދާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. މި އިންތިޚާބުގައި މަޑަވެލި ދާއިރާއަށް މަޑެލިން 1 ކެންޑިޑޭޓާއި ނަޑެއްލާއިން 1 ކެންޑިޑޭޓާއި ހޯނޑެއްދޫގެ ދެ ކެންޑިޑޭޓަކު ވާދަކުރާއިރު މިހާރު ރޭހުގައި ތިބީ ޖުމްލަ 4 ކެންޑިޑޭޓުންނެވެ.

ޝިރާންގެ އިތުރުން މަޑަވެލި ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ދެން އެންމެ ވަރުގަދަ ކެންޑިޑޭޓް ކަމަށް ބެލެވެނީ ނަޑެއްލާއިން ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ނާފިޒް (ޗިކާ) އެވެ. ޗިކާގެ ކެމްޕެއިން ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ހިންގަމުން އެބަ ގެންދެއެވެ.