English Edition
Dhivehi Edition

ވިލިނގިލީގައި ކުރިއަށްދާ، އިިންޓަރ އޮފީސް ބަށި މުބާރާތުގައި ވިލިނގިލި ކައުންސިލާއި އެސް.ޓީ.އޯ ވިލިނގިލި ފައިނަލަށް ދަތުރުކޮށްފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގައި، މިއަދު ހަވީރު ސެމީ ފައިނަލް މެޗްތައް ކުރިއަށް ގޮސްފައިވާއިރު ފައިނަލަށް ހޮވިފައިވަނީ ވިލިނގިލި ކައުންސިލާއި އެސް.ޓީ.އޯ ވިލިނގިލިއެވެ.

ސެމީ ފައިނަލްގައި ވާދަކުރީ ވިލިނގިލި ކައުންސިލާއި ގއ އަތޮޅު ކައުންސިލް އަދި ގއ އަތޮޅު ތަޢުލީމީ މަރުކަޒު އާއި އެސް.ޓީ.އޯ ވިލިނގިލިއެވެ. 11 ލަނޑު 5 ލަނޑުން ވިލިނގިލި ކައުންސިލް ކާމިޔާބު ކޮށްފައިވާއިރު ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެޓީމުގެެ ސަފީ ނާޒުއެވެ.

މި މުބާރާތުގައި އެސް.ޓީ.އޯ އާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒު ވާދަކޮށްފައިވާއިރު 7 ލަނޑު 5 ލަނޑުން އެސް.ޓީ.އޯ ވިލިނގިލި ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެ ޓީމުގެ ޙަދީޖާ ނިއުމާ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 15:45 ގައެވެ.