English Edition
Dhivehi Edition

ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި ބަލީގައި ނިޔާވެފައިވަނީ ގދ. ތިނަދޫގައި ހުންނަ ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ނިޔާވީ މިއަދު ހަވީރު 16:52 ގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިއީ ތިނަދޫގައި މި ބަލި ޖެހިގެން ނިޔާވި ހަތަރު ވަނަ މީހާއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވީ 228 މީހުންނެވެ.