English Edition
Dhivehi Edition

ޕީޕީއެމް އިން ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގައި އެ މަނިކުފާނަށް ނަސޭހަތްދީ މައްސަލަ ނިންމާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ “އިންސާފު ހޯދަން” އިހްތިޖާޖުގައި ރައީސް ޔާމީން ވަނީ. އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

ރައީސް ޔާމީން މުޒާހަރާގައި ބައިވެރިވީ އުސޫލާ ހިލާކަމަށް ވިދާޅުވެ ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވިޓެއްގައިވަނީ ރައީސް ޔާމީން ގޭބަންދުގެ އުސޫލުތަކާ ހިލާފުވެފައިވާކަމަށެވެ. އަދި އުސޫލާ ހިލާފުވެވަޑައިގެންފައިވާތީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށްވެސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގައި ބައިވެރިވުން ރަމްޒުކޮށްދޭ ފަދަ އަމަލެއް ނުހިންގުމަށް އަންގާ، ލިޔުމަކުން ރައީސް ޔާމީނަށް އިއްޔެގެ ވަގުތެއްގައި ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.