English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތުގެ ސަބަބުން އަތޮޅުތެރޭގެ ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ގިނަ ލުއިތަކެއް ލިބެމުންދާކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ،

ރޮޒައިނާ މިހެން ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީޓީ އާއި މެމޮގްރަފީ ރޫމްގެ ހުރިހާ މަސައްކަތެއް ނިމި ސިޓީ މެޝިން އިންސްޓޯލްކޮށް ނިމުމުން އެކަން ފާހަގަކޮށް ކުރި ޓުވިޓެއް ރީޓުވިޓް ކުރައްވަމުންނެވެ.

ރޮޒައިނާ ކުރެއްވި ޓުވިޓްގައި ވިދާޅުވީ މާލެ ގޮސް ތަންތަން ކުއްޔަށް ހިފައިގެން ތިބެ ބޭސް ފަރުވާ ކުރުމުގެ ދަތި ނައްތާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތުގެ ސަބަބުން އަތޮޅުތެރޭގެ ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ގިނަ ލުއިތަކެއް ލިބެމުންދާކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ 05 ސަރަހައްދެއްގެ ހޮސްޕިޓަލް ޓާސިއަރީ ފެންވަރަށް ބަދަލުކޮށް ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަނޑައެޅި 5 ހޮސްޕިޓަލް ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިމެނެއެވެ،

މި ސަރުކާރުން އުނގުފާރު ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ހޮސްޕިޓަލަކީ ރ.އަތޮޅާ އެކު 4 އަތޮޅެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ތަނެކެވެ.

ސަރުކާރުން މަތީފަންތީގެ ސިއްހީ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސެކޭން، ސީޓީ ސްކޭން ބަހައްޓާ ރޫމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރެވެ.