English Edition
Dhivehi Edition
ގެސްޓްހައުސް ސިމްޕޯސިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވާހަކަދައްކަވަނީ - ފޮޓޯ: އަލީ ނިޝާތު (މިހާރު)

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްސީލް ހަފްތާއެއް ތެރޭގައި ހާމަކުރާނެކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވިސާގެ މައްސަލައެއްގައި މިހާރު އިނގިރޭސިވިލާތުގެ ސެންޓެއްގައި ބަންދުކޮށްފައިވާ އަލީ ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 25 އޮކްޓޯބަރ 2015 ގަ ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްޞީލު ހަފްތާއެއް ތެރޭ ހާމަކުރައްވާނެކަަމަށެވެ.

އަލީ ވަހީދުގެ ޓުވިޓްގައި އިތުރަށް ވިދާޅުވީ އިންސާނެއްގެ މިނިވަންކަން ނުޙައްޤުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުޢައްސަސާއަކަށް ނޯންނާނެކަމަށެވެ. ޕީޖީ ޝަމީމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަލީ ވަހީދުވަނީ ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފިކަމަށް ތުހުމަތުކުރައްވާފައެވެ.

އަލީ ވަހީދުކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ އަޤްލަބިއްޔަތު އިޢުތިރާފު ބަހުން، ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުޢީ ނިޒާމެއް ނެތްކަމާއި، އޮތީ ‘ޝަމީމީ ނިޒާމެއް’ ކަން ވަރަށް ސާފުކޮށް ހާމަވެގެން ހިގައްޖެކަމަށެވެ. އަދި އިތުރު އަޑު އެހުންތަކާއި ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރުމަށް އަލީ ވަހީދު ވަނީ ގޮވާލާފައެވެ.