English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ހިންގާ މަޝްހޫރު އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) އަށް ޑޮކްޓަރުންނާއި އިތުރު ސްޓާފުން ބޭނުންވެގެން އިއުލާންކޮށްފިއެވެ. މެއި މަހުގެ 26 ވަނަ ދުވަހު އެކުލިނިކުން ވަނީ ނުވަ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓަކާއި އަދި ރެޖިސްޓަރޑް ނަރުހަކު ބޭނުންވެގެން އިއުލާންކޮށްފައެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވަނަވަރު އަދި ގުޅުންހުރި ސެޓްފިކެޓް [email protected] އަށް މެއިލް ކުރުމަށް އެކުލިނިކުން އެދެއެވެ. މަޝްހޫރު ގިނަ ޑޮކްޓަރުންނާއެކު ސިއްޚީ ޚިދުމަތް ދިނުމަށް އައްޑޫގައި ހުޅުވި މި ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު މިއީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ. ފެންވަރު ރަނގަޅު ބޭސް ފިހާރައަކާއި ލެބޯޓްރީއަކާ ވެސް އެކުގައި ހުޅުވާފައިވާ މިތަނުގެ ލެބޯޓަރީއަކީ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ހުރި ވަރަށް ވުރެ މާ ފެންވަރު ރަނގަޅު ތަނެކެވެ. ހޮސްޕިޓަލުން ނުލިބޭ ބައެއް ޚިދުމަތްތައް ވެސް އެއިމްސް އިން ލިބެން ހުރެއެވެ.