English Edition
Dhivehi Edition

ކުރުދީ ސަރުކާރުން ނަގައިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕާޓީން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވެފައިވަނީ، ކުރުދީންގެ ވޯޓަކީ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ނެގި ވޯޓެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެއީ ސަރަހައްދުގައި އިތުރު ހަމަނުޖެހުން އުފެއްދުމަށްނެގި ވޯޓެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ކުރުދީންގެ މިނިވަން ދައުލަތެއް އިއުލާން ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުން އަވަށްޓެރި ހުރިހައި ގައުމުތަކެއްހެންވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އިރާގުގެ މައި ސަރުކާރުންވެސް ވަނީ ދެކޮޅުހަދައިފައެވެ.

ތުރުކީގެ ސަރުކާރުން މީގެ ކުރިން ވަނީ ކުރުދީ ސަރުކާރުގެ އިސްފަރާތްތަކާއެކު އިޤްތިސާދީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އުތުރު އިރާގުގައި އޮންނަ ކުރުދީ ސަރަހައްދުތަކުން ދުނިޔޭގެ ގައުމުތަކަށް ތުރުކީ މަގުން ތެޔޮ ބޭރުކޮށްދިނުމަށްވެސްވަނީ އެއްބަސްވެފައެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ކުރިން ވެފައިވާ އެއްބަސްވުންތަކާމެދު އެއްވެސް ވަރަކަށް ދެރަ ނުވާކަމަށެވެ. ނަމަވެސް މިހާރު ހާލަތު އޮތީ ބަދަލުވަފައި ކަމާށާއި، އޭރު ތުރުކީން އެންމެބޮޑަށް ތާއީދުކުރި ކުރުދީން އެމީހުންނާ ދެކޮޅަށް ނިކުމެފައިވާ ކަމުގައެވެ.