English Edition
Dhivehi Edition

ކަޝްމީރުގައި ވަކި މިނިވަން ދައުލަތެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ލީޑަރު ސައްޔިދު އަލީ ޝާހު ގީލާނީ އަވަހާރަވެއްޖެއެވެ.

އުމުރުން 92 އަހަރުގައި ގިލާނީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގީލާނީ އަވަހާރަވީ ކަޝްމީރުގެ މައި ޝަހަރު ކަމުގައިވާ ސްރިނަގަރުގައި ހުންނަ އޭނާގެ ގެކޮޅު ގައެވެ.

އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ވަކި މިނިވަން ދައުލަތެއް ޤާއިމުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ގިލާނީ ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިވަޑައިގެންނެވީ 2020 ވަނަ އަހަރު ޖޫން މަހުގައެވެ.

ކަޝްމީރު މިނިވަންކޮށް، ޕާކިސްތާނާ އެއްކޮށްލުމަށް ގޮވައިލާ އޯލް ޕާޓީސް ހުއްރިއްޔަތު ކޮންފަރެންސްގެ ލީޑަރުގެ ގޮތުގައިވެސް މަސައްކަތްކުރެއްވި ގިލާނީ ވަނީ ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއި ދެކޮޅަށް ގިނަ މުޒާހަރާތަކެއް އިންތިޒާމުކުރައްވާފައެވެ. ކަޝްމީރު މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ގިލާނީ އަށް އިންޑިއާ އިން ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު 05 އޯގަސްޓް 2019 ގައި އިންޑިޔާގެ ދުސްތޫރުގައި ކަޝްމީރަށް އޮތް ޚާއްޞަ އިމްތިޔާޒު އުވައިލުމަށް އިންޑިޔާގެ ބަރުލަމާނުން ފާސްކުރުމަށްފަހު، ގިލާނީ ވަނީ ގޭ ބަންދުކޮށްފައެވެ.