English Edition
Dhivehi Edition

އަނިޔާވެރި ކޮށް މަރާލާފައިވާ ހުރިހައި އަންހެނުންނާއި ކުޑަކުދީންނަށް އިންސާފް ލިބޭނެ ކަމަށް އިންޑިޔާގެ ޕްރައިމް މިނިސްޓަރް ނަރެންދްރަ މޯދީ އިއްޔެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެއެވެ

މޯދީ މިހެން ވިދާޅުވީ މި ދެ ރޭޕް ކޭސްގެ ކަންތަކުގައި މޯދީ ކޮބައިތޯ ސުވާލު ކޮށް، ވަރަށްގިނަ ފަރާތް ތަކުން މޯދީ އަށްފާޑުކިޔުން ތައް އަމާޒުވެފައި ވަނިކޮށް ޖައްމޫ އެންޑް ކަޝްމީރުގެ ކަތުއާ ނަމަކަށްކިޔާ އަވަށުގައި އަދި އުއްޓަރ ޕްރަދެށްގެ އަވަށެއްކަމަށްވާ އުނާއޯ އާއި މި ދެ އަވަށުގައި ކުއްޖަކު ކިޑްނެޕް ކޮށް ރޭޕްކޮށްފައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި ވާ ދެ މައްސަލަ ބަލަމުންގެންދާ ދަނޑިވަޅެއްގައެވެ

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި މީގެ ތިންމަސްކުރިން، އުމުރުން 8 އަހަރުގެ ތުއްތު އަންހެން ކުއްޖާ ވަގަށްނެގީ ޒުވާންފުރައިގެ ކުއްޖަކާއި، އެހެން މީހަކުވެގެން ކަމަށް ވެއެވެ. އޭގެފަހުން 5 ދުވަސްވަންދެން ކުއްޖާ ފޮރުވައިގެން ގެންގުޅުނުއިރު، ތިންދުވަސް ވަންދެން އެމީހުން ކުއްޖާ ގެންގުޅުނީ ހިންދޫންގެ ފައްޅިއެއްގައި ކަންވެސް ވަނީ ހާމަވެފައެވެ

ތަހުގީގަށް އަންހެން ކުއްޖާ މަރާލި ގޮތުގެ ތަފްސީލް ކިޔައިދީފައި ވާއިރު އޭގައި ބުނެފައި ވަނީ،ތުއްތު އަންހެންކުއްޖާ ވަގަށްނެގީ އަވަށުގެ މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ހިންދޫ އެއްކަމަށްވާ ސަންޖީ ރާމް ނަމަކަށްކިޔާ މީހަކު އަންގައިގެންނެވެ. ސަންޖީ ރާމްއަކީ ސަރުކާރުގެ ޚިދުމަތުން ރިޓަޔަރ ކޮށްފައި ހުރި މީހެކެވެ

އޭނާގެ އެންގުމަށް މުސްލިމް ތުއްތު އަންހެންކުއްޖާ ވަގަށް ނަގައިގެން ގެންގުޅުނު މުއްދަތުގެ ތެރޭގައި، އެކުއްޖާ ވަގަށް ނެގުމުގައި ބައިވެރިވި ޒުވާން ފިރިހެން ކުއްޖާގެ އިތުރުން، އެތައްބަޔަކުވެގެން އެތައް ފަހަރެއްގެމަތިން މުސްލިމް ތުއްތު އަންހެން ކުއްޖާ ރޭޕްކުރި ކަމަށާއި، ރޭޕްކުރުމުގެ އެ ޖަރީމާގައި ފުލުހުންގެ ކޮންސްޓަބަލްއެއްވެސް ބައިވެރިވިކަން ތަހްގީގަށް ވަނީ ސާބިތުވެފައެވެ. އަދި ރޭޕްކުރުމަށްފަހު އެކުއްޖާ ކަރުގަ ހިފާ ބޮލުގައި ގަލަކުން ޖަހާމަރާ ލާފައިވާކަމަށް އެކުއްޖާގެ މަރު ތަހުގީގު ކުރުފަރާތާ ހަވާލަދީ އިންޑިޔާގެ ނޫސްތަކުގައު ބުނެފައި ވެއެވެ

މިދިޔައަހަރު ގޭންގް ރޭޮޕްކޮށް މަރާލާފައިވާ އުނާއޯގެއުމުރުން 18 އަހަރުގެ ކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި އުއްތަރ ޕްރަދޭޝްގެ ބީޖޭޕީ އެއްކަމަށްވާ ކުލްދީޕްސިންގސެންގަރއާއި އޭނާގެ ބޭބެއެއްވަނީހައްޔަރު ކޮށްފައި ކަމަށް އިންޑިޔާގެ ހަބަރުތައް ބުނެއެވެ. ނަމަވެސް ކުލްދީޕްސިންގ އާއި ސުވާލު ކުރުމަށްފަހު ދޫކޮށްލުމުން އިންޑިޔާގެ ރައްޔިތުން ދަނީ މަގުމައްޗަށް ނިކުމެ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ

މިހާދިސާ ހިނގި ގޮތުގެ ތަފްސީލް ލިބުމާއި އެކު މޯދީ ވިދާޅުވީ އަންހެނުން ނަށް އަނިޔާކޮށް ރޭޕްކޮށް މަރާލާ ހުރިހައި އެންމެނަށް އަދަބު ލިބޭނެކަމުގައެވެ. އަދި އަނިޔާވެރި ގޮތްތަކަށް މަރާލާފައިވާ ހުރިހާ ކުޑަކުދީންނާއި އަންހެނުން ގެ އާއިލާތަކަށް އިންސާފް ލިބޭނެކަމަށެވެ

ރޭޕްކޭހުގެ މިދެ ހާދިސާގެ އަޑު އިވުމުން މޯޑީ ބުނެފައި ވަނީ ހިނގާދިޔަ ދެހާދިސާ އަށްބަލާފައި އިންޑިޔާ އަކީ ތަހުޒީބު ގައުމެކޭ ނުބުނެވޭނެކަމަށެވެ. “ބޮޑު ގައުމަކާބަލާފައި އަދި މި މުޖްތަމައުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައިލާނަމަ އަހަރެމެން ލަދުގަނޭމިހާރު”މޯދީ ވިދާޅުވިއެވެ

“އަހަރެމެންގެ އަންހެން ދަރީންނަށް އިންސާފްލިބޭނެ ކުށްވެރިންނަށް އަދަބު ލިބޭނެ”ޑޮކްޓަރ އެމްބެޑްކަރ ގެ ހަނދާނުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވި އެވެ

މޯދީ އިތުރަށް ވިދާޅުވެފައި ވަނީ މުޅި އިންޑިޔާގެ ހުރިހައި ރައްޔިތުން އެކަތި ގަނޑަކަށްވެ ރޭޕްގެ ހާދިސާތަކާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ތެދުވެ ވަރަށް ހަރުކަށި ކޮށް އެމައްސަލަ ބަލަންވެއްޖެ ކަމަށެވެ. އަދި ގޭތެރެއިން ފެށިގެން މުޖްތަމައު އިން ކުޑަކުދީންނާމެދު ދެކޭގޮތްވެސް ބަދަލު ކުރަންވެއްޖެ ކަމަށެވެ

މޯދީ ވިދާޅުވީ އާއިލާގެ އެންމެންވެސް އަންހެން ކުއްޖަކު ރޭގަނޑު ގެއަށް ލަހުން އައުމުން ކޮންތާކުން ތޯ ތިއައީ އަހާ ސުވާލު ކުރާގޮތަށް ފިރިހެން ދަރީންވެސް ލަހުން ގެޔަށް ވަނުމުން އެސުވާލު ކުރަންވެއްޖެ ކަމަށެވެ

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި އަދި އުއްތަރ ޕްރަދޭޝްގެ އަވަށެއްކަމަށްވާ އުނާއޯ ގެ ކުޑަދެކުދިން ރޭޕްކޮށް މަރާލި ހާދިސާ އާއި ގުޅިގެން ކުށްވެރިން ހިފާހައްޔަރު ކޮށް މަރަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި މިދިޔަ ބުރާސްފަތި ދުވަހު އާއި ހުކުރުދުވަހު އިންޑިޔާގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ ވަނީ މުޒާހަރާ ކޮށްފައެވެ