English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫއިން އިތުރު 5 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުގެ މެނޭޖަރ އިބްރާހީމް ޒުބެއިރު ވިދާޅުވީ، މިއަދު ޕޮޒިޓިވް ވެފައިވަނީ ކުރިން ޕޮޒިޓިވްވީމީހުންގެ ޑައިރެކްޓް ކޮންޓެކްޓް 4 މީހުންގެ ސާމްޕަލާއި އަދި މީދޫއިން ނެގި ސަވައިލެންސް ސާމްޕަލެއް ކަމަށެވެ.

އިބްރާހީމް ޒުބެއިރު ވިދާޅުވީ، ޕޮޒިޓިވްވެފައިވާ އެންމެންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިދެރަށުގައި ކޮވިޑް އޮތް މިންވަރު ބެލުމަށް ހުޅުމީދޫ ހެލްތް ސެންޓަރއިން މިއަދު ސ. އަތޮޅުމަދަރުސާ ސަރަހައްދުން ހަވީރު 4އިން ފެށިގެން 6 ޖެހުމާ ހަމައަށް ރެންޑަމް ސާމްޕަލްތައް ނަގާފައިވެއެވެ.

ހުޅުދޫ އަދި މީދޫގެ އެކްޓިވް ކޭސްގެ އަދަދު 10އަކަށް މިއަދު އަރާފައިވާއިރު، އޭގެން އެއްކޭސް ފެނިފައިވަނީ ހުޅުދޫއިންނެވެ. އަދި މީދޫއިން 9 ކޭސްއެވެ.

އައްޑޫ ސިޓީން ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވް ވަމުން ދާތީ އެކަމާގުޅިގެން އައްޑޫގެ ގުޅިފައިވާ އަވަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް އެ އަވަށް ތަކުގެ ސްކޫލްތައް ވެސް ބަންދުކޮށްފައެވެ.