English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ފަނޑިޔާރުންނަށް ނުފުޒު ފޯރުވައިގެންކޮށްފައިވާ ހުކުމެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މަޖިލީހުގައި އިހުތިޖާޖުކޮށްފި އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މީގެއިތުރުން މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ވަނީ ކ.ރަސްފަރި ފަރަށް ޕެނަމާ ބޯޓު އުރުނު މައްސަލަ ވެސް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެވެ. ގަވާއިދު ބުނާ ގޮތުން އެއް ޖަލްސާއެއްގައި ކުއްލި ދެ މައްސަލައެއް އައިސްފި ނަމަ އެ ދުވަހުގެ ޖަލްސާގައި ބަހުސަށް ހުޅުވާލާނީ ގުރުއަތުން ހޮވޭ މައްސަލައެކެވެ.

މިއަދުގެ ޖަލްސާއަށް ގުރުލައިގެން ހޮވުނީ ރާއީ ހުށަހެޅުއްވި މައްސަލައެވެ. ރައީގެ މައްސަލައަށް ބަހުސް ހުޅުވާލަން 35 މެންބަރުންގެ ވޯޓުން ފާސްކުރިއިރު ރާއީ ކުއްލި މައްސަލަ ހުށަހަޅުއްވައި ބަހުސަށް ހުޅުވާލިތަނާ ޕީޕީއެމް / ޕީއެންސީގެ މެންބަރުން ވަނީ ރައީސް ޔާމީނާ ގުޅޭ މައްސަލަ މިވަގުތަށް މާ މުހިންމުކަމަށް ވިދާޅުވެ އިހުތިޖާޖުކޮށްފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނިޒާމީ ނުކުތާ ނަންގަވައި، ޖަލްސާ ކުރިއަށް ގެންދަވަން އިދިކޮޅު މެންބަރުންގެ ނަން އިއްވަން ރިޔާސަތަށް ގޮވާލާފައިވާއިރު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެއްވެސް މެންބަރެއްގެ ނަން އިއްވާފައެއް ނުވެއެވެ.