ގދ. އަތޮޅު މަޑެވެއްލާއި ހޯނޑެއްދޫ ގުޅުވަންނަ އެދެރަޓު ދޭތެރޭ އޮޑަހައި އޮންނާ ކޯޒްވޭއަލް އިއްޔޭރެއި ބައިކެނެ ގެއްލުން ދީފިޔާ.
މި އޯގަސްޓް 29 ވަނަ ދޮހާ ރެއިގަނޑު ވަގުތަކު މިތާލް ގެއްލުންދީ އެތަނާ ވެންނޫ އެއްކޮޑުން އެނެއްކޮޑަލް ދަތެރެ ނުވިޔެނެވަރާ ކޯފައި. އަދި އެކޯޒްވޭ ހޯނޑެއްދޫ ކޮޑުން ހެރަހަލް ކޯރެއިހެން ކަނައިފައި އެތާ ޖަހައިފައި ތެއި ސިމެންތި ބަސްތާސް ދިލަހައި ހުއްޓޫ. މިތާލް ގެއްލުން ދިނެ ބައިކެނެ އަދި މިހައިތާލް އެނގީފައި ނުވެއި.
މިކަމާ ހިނގައިފައި ވެއްނޫ ހޯނޑެއްދޫ ކައުންސިލުން ކޯޒްވޭއާ އޮތެމައި ހޯނޑެއްދުއަލް ގެއްލުން ލެބެނެ ކަމާހަދައި އެރަޓު ކައުންސިލް 5 މެންބަރުންނައި އިއްތިފާގުން ކޯޒްވޭއާ ކަނޑައިދެންނަ ސަރުކާރު އެދެންނަ ނިންމައި ގަރާރެއި ފާސްކޮޅަތާލް ހަފްތާކަސް ނުވެނިން. އަދި މިގެޔަ ހުކުރެ ދޮހާ ހޯނޑެއްދޫ ރައްޔިތުނެ ވެންނޫ ކޯޒްވޭން ލެބެނެ ގެއްލުމާއި ދެކޮޑަލް އެރަޓަލް ގެއްލުން ލެބީގޮހޯ އޮތެ ސަރަހައްދު އިހްތިޖާޖް އަކަސް ކޯފައި.
މިކަމާއި ގުޅީގެން ހޯނޑެއްދޫ ކައުންސިލް ރައީސް ޙުސައިން ވާރިޝް ބޮނޫ ކޮންމި ބައިކެނެ ކޮޅަސް އޭބޫ ވަރަށް ދެރަކަމެކެ ކަމަލް. އަދި ހޯނޑެއްދުއަލް ލެބެނެ ގެއްލުމާއި ގުޅީގެން ހައްލު ހޮވަންނަ ސަރުކަރު އެދީފައި އޮތެކަމާއި މިކަހަލަ ނާތަހުޒީބު އަމަލައްކޫ ބަލައިގަނެވިޔެންނެއި ކަމެކެ ނުންކަމަލް.