English Edition
Dhivehi Edition

ގދ. ރަތަފަންދޫ ސްކޫލުގައި އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

ފޮޓޯ: ރަތަފަންދޫ ސްކޫލް

26 އޯގަސްޓް 2021 ވަނަ ދުވަހުގެރޭ 2:30 އިން 10:30 އަށް ކުރިޔަށް ދިޔަ މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ އެއްބާރުލުމާ އެކުގައެވެ.

އޭ އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރް ވިދާޅުވީ ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި ދަރިން ތަރުބިއްޔަތު ކުރުމާއި، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރި ކުރުމުގެ ޤާނޫން 19/2021 އާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއި ދައުލަތުގެ އިތުރުން އާންމު ފަރުދުންގެ ޒިންމާ ތަކާއި ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ދެވުނު ކަމަށެވެ.

ޒަރީރް އިތުރަށް ވިދާޅުވީ ވޯކްޝޮޕް ސްޓައިލަށް އެންމެންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން ކުރިޔަށްގެންދެވުނު މި ޕްރޮގްރާމަށް ބެލެނިވެރިންގެ ހޫނު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތަށް ކުރިޔަށް ގެންދާނެ ކަމަށްވެސް ހަސަން ޒަރީރް ވިދާޅުވިއެވެ.