English Edition
Dhivehi Edition
ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރަ

ސްރީ ލަންކާގެ ކުރީގެ ފޮރިންގ މިނިސްޓަރ މަންގަލަ ސަމަރަވީރަ ކޯވިޑް19 ޖެހި ފަރުވާ ދެމުން ދަނިކޮށް އަވަހާރަ ވެއްޖެއެވެ. އަވަހާރަ ވީއިރު އޭނާގެ ޢުމުރުފުޅަކީ 65 އެވެ.

މަންގަލަ ސަމަރަވީރު ކޮވިޑަށް ޕްޒިޓިވް ވެގެން ފުރަތަމަ ފަރުވާ ހޯއްދަވާފައިވަނީ ސްރީލަންކާ ހޮސްޕިޓަލުގެ އައިސީޔޫ އިންނެވެ. އެހެންނަމަވެސް އަވަހާރަވީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މަންގަލަ ސަމަރަވީރަކީ ދެ ފަހަރެއްގެ މަތިން ސްރީލަންކާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ސްރީ ލަންކާ ސަރުކާރުގެ އިސް އެތައް މަޤާމްތަކެއް ފުރުއްވާފައެވެ.

މިވަގުތަކީ ސްރީ ލަންކާ ގެ ކޮވިޑްގެ ޙާލަތު އަނެއްކާވެސް އާދަޔާއި ޚިލާފަށް މައްޗަށްގޮސް ޙާލުބޮޑު ބަލިމީހުން އިތުރުވަމުން ދިއުމާއި ގުޅިގެން 10 ދުވަހަށް ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެކެވެ. ސްރީލަންކާގައިވެސް ދަނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން އެޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ސްރީލަންކާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ރައްޔިތުންނަށް ވެކްސިން ދީ ނިމިފައިވެއެވެ.