English Edition
Dhivehi Edition

ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސަ ސިންގަޕޫރުން ހިމާޔަތް ހޯއްދަވަން ނިންމަވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެ ގައުމުގެ ބައެއް ނޫސް އެޖެންސީތަކުން ބުނާގޮތުން ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި މިވަގުތު ހުންނެވި ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސަ ފުރާވަޑައިގަންނަވަނީ މިރޭ 11:25 ގައެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސިންގަޕޫރަށް ދާން ތާވަލުކޮށްފައިވާ ފްލައިޓު SQ437 ގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ގޮތަބަޔަ ރާޖަޕަކްސަ އަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފައިވީނަމަވެސް އެހެން އެއްވެސް މީޑިއާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސިއްރުން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އިތާފުށި ރިސޯޓްގައެވެ.