English Edition
Dhivehi Edition

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންދާ އެވިޑް ކޮލެޖުން ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރ އުފައްދަވައިފިއެވެ.

މިއަދު އެވިޑް ކޮލެޖުން އަލަށް އުފެއްދި އައު އެފެކަލްޓީގެ ޑީންގެ މަޤާމަށް، އައްޔަންކޮށްފައި ވަނީ ދިވެހިބަހުގެ އެކެޑެމީގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އަލްފާޟިލް އަޝްރަފް ޢަލީ އެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިކަމަށް ހާއްަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެވިޑް ކޮލެޖުން ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (ޓްރިޕްލް އޭ) ފްލައިންގ ސްކޫލްގެ މިލްކިއްޔާތު އެ ކޮލެޖަށް ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހްކޮށްފައެވެ.

2005 ވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އަދި ހުވަދުއަތޮޅުގައި އެވިޑް ކޮޮލެޖްގެ ކެމްޕަސްއެއް ޤާއިމުކުރެވި ގިނަ ދަރިވަރުންތަކެއް ދަނީ މި ކެމްފަހުން މަތީ ތައުލީމް ހާސިލްކުރަމުންނެވެ.