English Edition
Dhivehi Edition

ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

މިއަދު މެންދުރު 14:00 އެހާކަންހާއިރު ހިގާފައިވާ އެ ހާދިސާގައި އެރަށުގެ ފުޓްބޯޅަ ދަނޑުގައި ހުރި ހުރިހާ ގަހެއްގައި އަލިފާން ރޯވެ އަނދާފައިވާކަމަށް އެރަށު ކައުސިލްގެ ރައީސާ އަމާނީ މުއީން އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވިއެވެ. އަމާނީ އިތުރަށް ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވި އެއްވެސް ސަބަބެއް އަދި އެނގިފައި ނުވާކަމަށާއި އަދި އަލިފާނުގެ ސަަބަބުން އެއްވެސް ގެއަކަށް އަސަރު ކޮށްފައިނުވާ ކަމަށެވެ.

އެހެންނަމަވެސް އެސަރަޙައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި މުޅި ސަރަހައްދުގައި އަލިފާން ރޯވެފައި ވުމުން އާންމުންނަށް ދުމުގެ އަސަރު ކޮށްފައިވާކަމަށް އަމާނީ ވިދާޅުވިއެވެ. ރަށު ކައުންސިލާއި އާންމު ރައްޔިތުންގެ އިތުރުން އެރަށުގައި ގާއިމް ވެފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެތަނުގައި ރޯވެފައިވާ އަލިފާން 14:34 އެހާކަންހާއިރު ނިއްވާލެވިފައިވާކަމަށް އަމާނީ ވިދާޅުވިއެވެ.

އަމާނީ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރަށު ކައުންސިލްގައި ޕަންޕެއްހާ ހިސާބުވެސް ނެތުމަކީ ލަދުވެތި ކަމެއްކަމަށާއި، މިފަދަ ހާލަތްތަކުން ރައްކާތެރި ވުމަށް ބޭނުންވާ ސާމާނު ވީހާވެސް އަވަސް މުސްތަގްބަލެއްގައި ކައުންސިލުން ހޯދާނެ ކަމަށެވެ. އަދި އަމަލީ ގޮތުން މިކަމުގައި ބައިވެރިވެދިން އެންމެހާ ބޭފުޅުންނަށް އެކަމަނާގެ ޝުކުރު އަދާކޮށްފައި ވެއެވެ.

1 ކޮމެންޓް
މުހައްމަދު
އޮގަސްޓް 21, 2021
އަމާނީ އަކީ ނާއިބްރައީސް