English Edition
Dhivehi Edition
ހިތަދޫ އިހުގެ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ބްލޮކް އެތެރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ

އައްޑޫސިޓީގެ ހިތަދޫ އިހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އޭޕްރީލް ދެވަނަ ދުވަހުއެވެ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ތެރެއިން ހިތަދޫގައި 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލައި 1،420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ. އަދި ހިތަދޫ ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ތެރޭގައި ކުރެވިގެން ދާނެއެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގަ އެވެ.