English Edition
Dhivehi Edition

ގއ. ދާންދޫގައި ހަށި ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދިވެހި ދެ އަންހެނުންނާއި، ދިވެހި ދެ ފިރިހެނުންގެ އިތުރުން ތިން ބިދޭސީންވެސް ހައްޔަރުކޮށްފައިވާއިރު އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި އަންހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހަނެއްގެ އިތުރުން 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި 26 އަހަރުގެ ބިދޭސީ ފިރިހެނަކާއި އަދި 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން ގއ.ވިލިގިއްޔަށް ގެންގޮސްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.