English Edition
Dhivehi Edition

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ އާގާނޫނުގެ ދަށުން، ފުލުހުންގެ ބޯޑަށް ދިން ބާރުގެ ދަށުން، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ 07 ފުލުހެކެވެ.

އެގޮތުން ވަޒީފާއިން ވަކި ކުރަން ހަމަޖެހިފައި ވަނީ:

  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

މިއަހަރުގެ މާރިޗް މަހުން ފެށިގެން ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑު އެކުލަވާލާފައިވަނީ މިދިޔަ އެޕްރީލްމަހުގައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށުމުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ:

  • އަޙްމަދު ފަޔާޟް ޙަސަން
  • ޢާއިޝަތު ނޫރާ މުޙައްމަދު
  • ޢަލީ ފާއިޒު
  • އަޙްމަދު ނާޝިދު
  • އާދަމް އިބްރާހީމް
  • ޙާމިދު ޢަބްދުލްޣަފޫރު
  • ޞަފާ ޝަރީފް

ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރައްވާނީ ކޮމިޝަނަރ އޮފް ޕޮލިސް އެވެ.