English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއެކު އިއުތިރާފް އެއްބަސްވުމެއް ހަދައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އަދުހަމްއާއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 4 ދައުވާއެއް އުފުލިގެންދާނެކަމަށެވެ. މި ގޮތުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ

  • ޓެރަރިޒަމްގެ އަމަލެއް ކުރުން
  • ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން
  • ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން

އިއުތިރާފްގެ އެއްބަސްވުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެއެވެ، ދައުލަތުން އަދުހަމުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން، އިއުތިރާފް އެއްބަސްވުމުގެ ތެރެއިން ކުރިއަށް ނުގެންދާނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.