English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓާ ޖިއާ ހާންގެ މަރުގެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ހާއްސަ ޓީމަކުން ބަލަން ފަށާފައެވެ.

ޖިއާ އަމިއްލަ އަށް ދަންޖެހިގެން މަރުވީ ޖުލައި 3، 2013 އިގަ އެވެ. ޖިއާގެ މަރަށް 08 އަހަރު ވެގެން ދިޔައިރުވެސް އެ މައްސަލައިގެ ތަހުގީގު ނިމިފައި ނުވާއިރު ޖިއާގެ މަންމަ ރާބިއާ އަމީން ވަނީ މި މައްސަލަ ސީބީއައި އިން ބެލުމަށް އެދި ބޮމްބޭގެ ހައިކޯޓަށްވެސް ހުށަހަޅާފައެވެ. އަދި މި މައްސަލަ މިހާރު ސީބީއައިގެ ހާއްސަ ޓީމަކުން ބަލަން ފަށާފައިވާއިރު ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާރ ސޫރަޖް ޕަންޗޯލީގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތެއްކޮށް ފައެވެ،

ޖިއާ އަމިއްލައަށް މަރުނުވާނެ ކަމަށް އޭނަގެ މަންމަ ތަކުރާރުކޮށް ބުނެފައިވާއިރު ޖިއާގެ މަރުގެ ތުހުމަތު އޭނަ އަޅުވާފައިވަނީ ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީ އަށެވެ.

ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ސޫރަޖު ޖުލައި 10، 2013 އިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކޮށްފައިވާއިރު އޭރު ސީބީއައި އިން ބުނީ ޖިއާގެ މަރުގެ ތަހުގީގު ކުރިއަށް ދިޔައިރު ސޫރަޖް ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަފާލާތުގެ ދަށުން ސޫރަޖް ވަނީ ދޫކޮށްލާފައިވީ ނަމަވެސް އަދިވެސް މި މައްސަލަ އާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރެއެވެ.