English Edition
Dhivehi Edition

ގދ. ތިނަދޫގައި އޮތް މޮނިޓަރިންގ ހާލަތު އުވާލައި ރަށަށް އަރާފޭބުމުގެ ހުއްދަ ދީފިއެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މޮނިޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކުރުމަށްފަހު މިއަދު ވަނީ މޮނިޓަރިންގ ހާލަތު އުވާލާފައެވެ.

އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ. މޮނިޓަރިންގ ހާލަތު އުވާލެވުނު އިރު މިވަގުތު ތިނަދޫގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ 79 ގައެވެ.

ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނެވުނު ފަހުން މިހާތަނަށް 927 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.