ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނު ޗެމްޕިއަން ބަޔާން ފަސޭހަ ކަމާއި އެކު ބަލިކޮށް ފްރާންސްގެ ޕީއެސްޖީއިން ގުރޫޕްގެ އެއްވަނަ އަށް ޖެހި ލައިފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު ‘ގްރޫޕް ބީ’ގެ މިމެޗުގައި ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ އަގު ބޮޑު ކުޅުންތެރިޔާ އާއި ދެވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާ އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ބާޔާންއާއި ޕީއެސްޖީ ބައްދަލު ކުރި މެޗު ވަރަށް ކުރީ ކޮޅު ނޭމާގެ ޕާހަކުން ޕީއެސްޖީގެ ފަހަތަށް ކުޅެމުންދާ އިތުބާރު ޑިފެންޑަރު ޑެނީ އަލްވެސް ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑް ޕީއެސްޖީއަށް ހޯދައިދީފައި ވާއިރު މިމެޗުގެ ލީޑު ޕީއެސްޖީއިން ފުޅާކޮށްފައިވަނީ 31 ވަނަ މިނެޓުގައި ކަވާނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ކަވާނީގެ ލަނޑުން ޕީއެސްޖީ 2 ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފް ނިންމާލީ އިރު މެޗުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑުޖަހާ ލީޑް އިތުރަށް ފުޅާ ކޮށްދިނީފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ އެވެ.
މިމޮޅާއެކު ޕީއެސްޖީ ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއި އެކު ތަވަލުގެ އެއް ވަނައަށް ޖެހިލިއިރު ބަޔާން އޮތީ 3 ޕޮއިންޓާއި އެކު ތާވާލްގެ ދެވަނާގައެވެ. އަދި ތިން ވަނާގައި އޮތީ ސެލްޓިކެވެ.