English Edition
Dhivehi Edition

އީދު ކުޅިވަރުތަކުގެ ތެރެއިން ގއ ދާންދޫގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގއ ދާންދޫގައި އީދު ކުޅިވަރު ކުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރިއެއް ހިންގާފައިވާކަމުގެ މައުލޫމާތު އިއްޔެ ހަވީރު 17:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މާރާމާރިގައި ހަމަލާދީފައިވަނި އެރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރު އަށެވެ.

މުޒައިނާގެ އާއިލާގެ މެމްބަރަކު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އެރަށުގައި ކުރިޔަށް ދިޔަ އީދު ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ޒުވާން ފިރިހެނަކު މުޒާއިނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އަނިޔާކުރި ޒުވާނާ މުޒައިނާއަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކޮށްފައެވެ. މުޒައިނާގެ ފަރާތުން މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މުޒައިނާގެ މެޑިކަލް ޓެސްޓުތަސް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

މި މަސައްލައާއި ގުޅިގެން ފިރިހެން މީހާގެ އާއިލާގެ މެމްބަރަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފިރިހެން މީހާއަށް ވެސް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ސިއްޙީ މަރުކަޒަށް ދައްކައިގެން ފަރުވާ ހޯދަމުން ދާ ކަމަށެވެ. ފިރިހެން މީހާގެ ފޯނު ތަޅައިގެން ދިއުމުގެ އިތުރުން، ހުއްދަ އެއް ނެތި ގޯއްޗަށް ވަނުމުގެ މައްސަލަ ފިރިހެން މީހާގެ ފަރާތުން ޕޮލިހަށް ހުށައަޅައިފައިވާނެ ކަމަށް އޭނާ ބުނެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީގު ކުރަމުންނެވެ