English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލްގެ ބައްދަލަވުމަކި އެތެރުން/ފޮޓޯ ކައުންސިލް މީޑިއާ

އައްޑޫސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް ލައިވްނިވެނީ މިވަގުތެ ދިމާވެފެއިވޭ ދަތިތަކަކާއި ހެދީކަމައް ކައުންސިލުން ބެނަފި.

އޭއޯނިއުސްއިން ކެޑެ ސުވާލަކައް ޖަވާބުދެމުން އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙުމަދު ސަޢީދު ބެނީ ޖަލްސާތައް ލައިވް ކެޑުމަކީ އައްޑޫސިޓީގެ ރައްޔިތުންނައް ޓަކައި، އަދި ރައްޔިތުންގެ މަންފާއި ލާބާއްޓަކައި ކައުންސިލުން ނިންމާ ނިންމުންތައް ވީހެއިއަސް ގާތުން ހާމަކަން ބޮނޑަކޮއް އަނގުވައި ދިނުމުގެ ގޮތުން 3 ވަނަ ދައުރުގެ ކައުންސިލުން ފަށަގެން ކެރަމުންއޭ މަސައްކަތަކައް ވެފެއި އެކަން އެގޮތައް ދަމަހައްޓާއް މިދައުރުގެ ކައުންސިލަރުންނަސް ފުރިހަމާއް ތާއީދު ކެރާކަމައް.

މިވަގުތެ ޖަލްސާތައް ލައިވްނިވެނީ އައްޑޫސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލްގެ މަޤާމެ ހިއް މުވައްޒަފު އެމަޤާމުން ވަކިވުމާއި ގުޅިގެން މީޑިއާގެ މަސައްކައްތައް ކުރިއައް ގިނިގެއުމެ ދިމާވި ދަތިތަކަކުން ކަމަށާއި އެކަން ޙައްލު ކެޑުމައްޓަކައި މަސައްކައް ކެރަމުންއޭކަމައް ކައުންސިލަރު ބެނި.

އެގޮތުން ބެރާއްސަތި ދުވެހި ކައުންސިލްގެ ރަސްމީ ޖަލްސާ ލައިވްވޭތޯ ކައުންސިލުން އެނީ މަސައްކައް ކެރަމުން .

އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ރަސްމީ ޢާއްމު ޖަލްސާއް އެންމެ ފަހުން ލައިވް ކޮއްފެއިވެނީ މިގޭ ޖޫންމަހި 30 ވަނަ ދުވެހި. އޭ ކައުންސިލްގެ 7 ވަނަ ރަސްމީ ޖަލްސާ. އޭގެ ފަހުން ބޭވި މިދައުރުގެ 8 ވަނަ ޖަލްސާއި އަދި މި ދައުރުގެ 2 ވަނަ ކުއްލި ބައްދަލަވުން ލައިވް ކޮއްފެއިއައް ނިވެއި.