English Edition
Dhivehi Edition
ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުން، އީދު ބަންދަށް މެދުކަނޑާލަން ނިންމާފައިވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

އެޗްއީސޯސީން ވިދާޅުވީ، މި މަހު ވެކްސިން ޖަހާ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ޖުމްލަ 242،370 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި ޖުލައި މަސްތެރޭ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ކޮވިޝީލްޑުގެ 60،000 ޑޯޒް ވެކްސިން، މިހާރު ޖަހަމުން އަންނައިރު މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.